ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރު ކޮށްފި

ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
18 ޖޫން 2024 08:34
0

ޕޯސްޓު މެދުވެރިކޮށް ފޮށިގަނޑެއްގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ، ތ. ތިމަރަފުށި، ކަށިތެޔޮމާގޭ އުމުރުން 30 އަހަރުގެ އަބްދުﷲ ޝަމްއާން ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ޕޯސްޓު މެދުވެރިކޮށް އައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އެ ޕެކޭޖު ބަލައި އައި މީހާގެ ހާޒިރުގައި ކަނޑައި ބެލިއިރު، އޭގައި މަސްތުވާތަކެތި ހުރި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭގައި 1006 ގުރާމްގެ ކެނެބިސް ކަމަށް ފުލުހުން ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ. މި ފޮށިގަނޑު ބަލައި އައި މީހާ އާއެކު ހިންގުނު ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑު ބަލައި އައީ ޝަމްއާން ކަމަށާއި އަދި އެ ދެ މީހުންގެ ދެ މެދުގައި ފޮށިގަނޑާއި ގުޅޭ ގޮތުން މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ފޮށިގަނޑު ބަލައި އައި މީހާ އާއެކު ހިންގުނު ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑު ބަލައި އައީ ޝަމްއާން ކަމަށާއި އަދި އެ ދެ މީހުންގެ ދެ މެދުގައި ފޮށިގަނޑާއި ގުޅޭ ގޮތުން މުއާމަލާތްތަކެއް ހިނގާފައިވާ ކަން ކޯޓު އަމުރުން އެނގެން އޮތް އިރު އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.