ޝަރުތު ހަމަވާ 6 ޕާޓީއަކަށް ފައިސާ ދޫކޮށްފިއެވެ.
ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުން ފައިސާ ލިބުމަށް ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
އެގޮތުން ރާއްޖޭގައި އެކުލަވާލެވިފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން ބަޖެޓު ފާސްކުރުމުގެ ކުރިން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ސަރުކާރުން ފައިސާ ދޫކުރަންޖެހެއެވެ. އެގޮތުން، ޕާޓީތަކަށް ފައިސާ ދޫކުރާއިރު ދޫކުރާނީ ޕާޓީގައި ރަޖިސްޓަރވެފައިވާ މެންބަރުންގެ އަދަދަށް ބެލުމަށްފަހުއެވެ.
ފައިސާ ލިބޭ ޕާޓީތައް
- އެމްޑީޕީ: 15.1 މިލިއަން ރުފިޔާ
- ޕީޕީއެމް: 10.4 މިލިއަން ރުފިޔާ
- ޕީއެންސީ: 8.0 މިލިއަން ރުފިޔާ
- ޖޭޕީ: 5.3 މިލިއަން ރުފިޔާ
- އަދާލަތު: 2.5 މިލިއަން ރުފިޔާ
- އެމްޑީއޭ: 2.4 މިލިއަން ރުފިޔާ
ދައުލަތުން ފައިސާ ދޫކުރާ ޕާޓީތަކަށް ބަލާއިރު ޖުމްލަ 6 ސިޔާސީ ޕާޓީއެއް މިފަހަރުގެ ލިސްޓުގައި ހިމެނިފައިވާއިރު އެ ޕާޓީތަކަށް ރުފިޔާ ދޫކޮށްފައިވަނީ ޕާޓީގައި ރެޖިސްޓަރވެފައިވާ މެންބަރުންގެ އަދަށް ބަލާއިރު ބޮލަކަށް 289.62 ރުފިޔާ ޖެހޭ ގޮތަށެވެ.
ކޮމެންޓު ފޮނުވާ