ކުދިން ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާއަށް ދާތަންތަނުގައި ހަމަޖައްސަންޖެހޭ: އައިޝަތު ޝިހާމް

ކުދިން ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާއަށް ދާތަންތަނުގައި ހަމަޖައްސަންޖެހޭ: އައިޝަތު ޝިހާމް

Author
ޙަސަން މުޙައްމަދު
18 ޖޫން 2024 11:27
0

ކުދިން ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާއަށް ދާތަންތަނުގައި ހަމަޖައްސަންޖެހޭ ކަމުގައި އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް އެބަ ފަހިވާންޖެހޭ ކަމަށާއި، ރާއްޖޭގައި ވަރަށް އަވަހަށް މިކަމާއި ގުޅިގެން ޤައުމީ ފެންވަރުގައި މަޝްވަރާތަކޮށް، މިކަމުގައި ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާއަށް ދާން ޖެހޭކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

ކުދިން ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާއަށް ދާތަންތަނުގައި ހަރުދަނާގޮތެއްގައި ޤާއިމުކުރޭ އެބަ ޤައުމުތަކުގައި. އެގޮތުން ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް އެބަ ފަހިވާންޖެހޭ. ރާއްޖޭގައި ވަރަށް އަވަހަށް މިކަމާއި ގުޅިގެން ޤައުމީ ފެންވަރުގައި މަޝްވަރާތަކަކަށް އެބަޖެހޭ ދާން މިކަމުގައި ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން.

ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢައިޝަތު ޝިހާމް ވަނީ ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެންމެފަހުން ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން އެކަން ހާމަވެފައިވާކަމަށް ވިދާޅުވަމުން، މިކަންބޮޑުވުން އިތުރުވާ މައިގަނޑު ސަބަބަކީ ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ މަސައްކަތްކުރާ ޢުމުރުގެ އާބާދީ ބޮޑުތަނުން ދަށަށް ގޮސް ޤައުމުގެ އިޤްތިޞާދާއި މިކަން ގުޅޭނެތީކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.