ފަޅު ރަށަށް އެރި ލޯންޗު އަދިވެސް ފުން ނުކުރެވޭ

ފަޅު ރަށަށް އެރި ލޯންޗު އަދިވެސް ފުން ނުކުރެވޭ

ގުޅުންހުރި

ތ. ކިނބިދޫ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަކަށް އެރި ލޯންޗު އަދިވެސް ފުން ނުކުރެވޭ ކަމަށް އެ ރަށު ބައެއް މީހުން ބުނެފިއެވެ.

އެ ރަށުގެ ބަޔަކު ކިޔައި ދިން ގޮތުގައި ފަޅު ރަށަށް އެރި ލޯންޗު ފުން ކުރެވޭތޯ އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމުގައި ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވެސް ލިބެމުންދާ ކަމަށް ބުނެފައިވެއެވެ.

އިއްޔެ ހަވީރު ހިނގި މި އެކްސިޑެންޓްގައި އެ ލޯންޗްގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވެއެވެ.

ކިނބިދޫ ނެރު ފަސްގަނޑަށް އިއްޔެ އެރީ "ވެލިމާ" ނަމަކަށް ކިޔާ ލޯންޗެކެވެ. އެއީ މާލެ އާއި ތ. އަތޮޅާ ދެމެދު ދަތުރުކުރާ ލޯންޗެކެވެ.

އެނގިފައިވާ ގޮތުގައި ވެލިމާ ސްޕީޑް ލޯންޗަކީ މާލެ އިން ރަށައް އަލަށް ދަތުރު ކުރަން ފެށި ލޯންޗެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ