އީދު ބަންދާ ގުޅިގެން 4 ދުވަހަށް އައިޖީއެމްއެޗްގެ ސްޕެޝެލިސްޓް އޯޕީޑީ ބަންދު

އީދު ބަންދާ ގުޅިގެން 4 ދުވަހަށް އައިޖީއެމްއެޗްގެ ސްޕެޝެލިސްޓް އޯޕީޑީ ބަންދު

Author
އަހުމަދު
15 ޖޫން 2024 01:24
0

އަޟްހާ އީދާ ގުޅިގެން ހަތަރު ދުވަހަށް ސްޕެޝެލިސްޓް އޯޕީޑީ ބަންދު ވާނެ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ މިއަދާ މާދަމާގެ އިތުރުން މި މަހުގެ 19 އަދި 20 ވަނަ ދުވަހު އައިޖީއެމްއެޗްގެ ސްޕެޝެލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ކަަމަށެވެ. އެކަމަކު، އައިޕީޑީ އާއި އިމަޖެންސީ ހިދުމަތްތައް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ މި މަހުގެ 17، 18 އަދި 22 ވަނަ ދުވަހު އެހެން ދުވަސްތަކޭވެސް އެއްގޮތަށް ސްޕެޝެލިސްޓް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ލިބޭނެ ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.