އިދިކޮޅު ކުޅުންތެރިއެއް ގަޔަށް ކުޅުނު ޖެހި މައްސަލައެއްގައި ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ފްރާންސް ފޯވާޑް މާކަސް ތުރާމް 6 މެޗަށް ސަސްޕެންޑްކޮށް 40،000 ޔޫރޯ އިން ޖަރުމަން ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ ސަސްޕެންޑްކޮށްފި އެވެ.
ތުރާމް އަކީ ފްރާންސާ އެކު 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ލިލިއަން ތުރާމްގެ ދަރިފުޅެވެ. ޔުވެންޓަސް އާއި ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާގެ ދަރިފުޅުގެ ގޮތުގައި މީޑިއާ އަށް އެންމެ ފުރަތަމަ އެރި ތުރާމްގެ ހުނަރުވެރިކަން ފާހަގަކޮށް ގިނަ ކްލަބްތަކުން އައީ އޭނާ އަށް ފާރަލަމުންނެވެ.
ހޮފެންހެއިމް އަތުން 2-1 އިން މުންޗެންގްލަޑްބެކް ބަލިވި މެޗުގައި ތުރާމް ކުޅު ޖެހުމާ އެކު ރަތްކާޑު ދެއްކި އެވެ. ވީޑިއޯ ރީޕްލޭ އިން ފެންނަ ގޮތުގައި އޭނާ ކުޅުނު ޖަހަނީ ހޮފެންހެއިމްގެ ސްޓެފަން ޕޯޝްގެ މޫނަށެވެ. މުންޗެންގްލަޑްބެކް އިން ވަނީ ތުރާމް އެއް މަހުގެ މުސާރައިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ދާނީ ޗެރިޓީއަކަށެވެ.
ފްރާންސް ގައުމީ ޓީމަށް ތިން މެޗު ކުޅެފައިވާ މާކަސް ބުނީ އެއީ އޭނާ އަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ އޭނާގެ އަމިއްލަ ނަފްސުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.
ކުޅު ޖެހުމަކީ ފީފާ އިން ވަރަށް ހަރުކަށިކޮށް މަނާކޮށްފައި އޮންނަ ކަމެކެވެ. އަމުދުން ކޯވިޑުގެ ބަލިމަޑުކަމުގައި އެފަދަ ކަމެއް ކުރުމުން އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.