ކާނިވާ ސަރަހައްދުގެ ކުލި ސިޓީ ކައުންސިލުން ނަގަން ނިންމައިފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ އަލިމަސް ކާނިވާ ސަރަހައްދުގެ ކުލި އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ކައުންސިލަށް ދައްކަން ޖެހޭ ކަމަށެވެ.
މީރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިކަމާބެހޭ އިތުރު މައުލޫމާތު ސިޓީ ކައުންސިލުން ލިބޭނެ ކަމުގައެވެ.
ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ކެފޭ ރެސްޓޯރެންޓްތައް ހުންނައިރު، ޕްރައިވެޓް ޕާކިން ޒޯނެއް ވެސް ހުރެ އެވެ. ސްޓޭޖް ސަރަހައްދު ކުއްޔަށް ދެމުންދަނީ ވަނީ އެކި ހަފްލާތަކަށާއި އެއްވުންތަކަށެވެ.
ކޮމެންޓު ފޮނުވާ