މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި

މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި

Author
ހުސައިން
09 ޖޫން 2024 07:34
0

ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން، ނޭޕާލް އަދިދިވެހިރާއްޖެ ފަދަ އަވަށްޓެރި ގައުމުތަކުގެ ލީޑަރުން ބައިވެރިވި ރަސްމިއްޔާތެއްގައި އިންޑިއާގެ ބޮޑިވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި އެވެ.

އިންޑިއާގައި ބޭއްވުނު އާންމު އިންތިހާބުގައި މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ހީކުރި ވަރަށް ވުރެ ދަށް ނަތީޖާއެއް ލިބިގެން ދިއުމާއި ގުޅިގެން ގާނޫނުހަދާ މަޖިލިހުގެ އަށުލަބިއްޔަތު ކަށަވަރު ކުރުމަށް ނޭޝަނަލް ޑިމޮކްރެޓިކް އިއްތިހާދު (އެންޑީއޭ) ގެ އެހެން ބައިވެރިންނާއެކު ވެރިކަމުގެ ބާރުތައް ހިއްސާކުރުމަށް މޯދީއަށްވަނީ މަޖިބޫރު ވެފައެވެ.

މޯދީއަކީ އިންޑިއާގެ މިނިވަންކަމުގެ ބާނީ އަދި ފުރަތަމަ ބޮޑުވަޒީރު ޖަވާހަރުލާލް ނެހްރޫއަށް ފަހު ތިންވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރެއްވި ހަމައެކަނި ލީޑަރެވެ.

ެިއިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ގާނޫނު އަސާސީގައިވާ ހުވާ މޯޑީއަށް ލައި ދެއްވީ އިންޑިއާގެ ރައީސް ޑްރޫޕަދީ މުރުމު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.