މިޔަރުގެ މައްސަލައަށް ހައްލު ހޯދުމަށް ދަނީ މަޝްވަރާ ކުރަމުން: ޝިޔާމް

މިޔަރުގެ މައްސަލައަށް ހައްލު ހޯދުމަށް ދަނީ މަޝްވަރާ ކުރަމުން: ޝިޔާމް

ރާއްޖޭގެ ކަނޑުތަކުގައި މިޔަރުގެ އާބާދީ އިތުރުވެސް، ކުރިމަތިވަމުންދާ މިޔަރުގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމުގައި ފިޝަރީޒް އެންޑް މެރިން ރިސޯސަސް އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިއްޔެ ފާހަގަ ކުރެވުނު ދުނިޔޭގެ ކަނޑުގެ ދުވަހުގެ ހަރަކާތްތަކަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށާއި، ފަތުރުވެރިން އެޓްރެކްޓް ކުރުމަށްޓަކާ ރިސޯޓްތަކުގައިވެސް މިޔަރަށް މިހާރު ވަރަށް ގިނައިން ކާންދެމުންދާ ކަމުގައެވެ.

މީގަ އެބަހުރި ބައެއް ކަަންކަން އަޅުގަނޑުމެން ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަންކަންވެސް. އަޅުގަނޑުމެންނަށް މިހާރު ވަރަށް ގިނައިން މި ފެންނަނީ ޓުއަރިސްޓުން އެޓްރެކްޓުކުރުމަށްޓަކައި ރިސޯޓުތަކުގައިވެސް ވަރަށް ގިނައިން [މިޔަރަށް] އެބަ ކާންދޭ. ފަޅު ތެރޭގައިވެސް ފަޅުން ބޭރުގައިވެސް ކާންދޭ.

ޝިޔާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަވުމާއި، މިޔަރުގެ ހަމަލާތައް އިތުރުވުމަށް މެދުވެރިވާ އެއް ސަބަބެއްގެ ގޮތުގައި، މަސް ފެކްޓްރީތަކާއި ރަށްރަށުން ކާބޯތަކެތި އުކައިލާއިރު، މަހުގެ ބާވަތްތައް ވަކި ސަރަހައްދަށް އުކައިލުންވެސް ފާހަގަ ކުރެވިފައިވާ ކަމުގައެވެ.

އެގޮތުން މިޔަރާ ގުޅޭ ގޮތުން ސަރުކާރުން ސިޔާސަތުތަކެއް ކަނޑައެޅުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ އެކަމުގައި ގެނެވެން އޮތް ހައްލާ ގުޅޭ ގޮތުން ސަރުކާރުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައެވެ.

އަޅުގަނޑުމެން މިގެންދަނީ މިކަމުގައި ގެނެވޭނެ ހައްލަކީ ކޮބަައިތޯ ބަލައި، އެކަމާމެދު މިދަނީ މަސައްކަތްތަކެއް ކުރަމުން. މިޔަރުގެ ވާހަކައަށް ސޮލިއުޝަނެއް ހޯދުމަށްޓަކައި އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން.

މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *