ސައުދީ އަރަބިއާގައި މިއަދު ހައްޖުމަހަށް ހަނދު ބަލާނެ

ސައުދީ އަރަބިއާގައި މިއަދު ހައްޖުމަހަށް ހަނދު ބަލާނެ

ސައުދީ އަރަބިއާގައި މިއަދު ހަވީރު ހައްޖުމަހަށް ހަނދު ބަލާނެކަމުގައި އެގައުމުން ހާމަކޮށްފިއެވެ.

ސައުދީގެ މީޑިއާގެ ވަސީލަތްތަކުން ހާމަކޮށްކޮށްފައިވާ ގޮތުގައި މިއަދު ހަވީރު ހަނދު ބެލުމަށް އެގައުމުގެ ހުރިހާ މުސްލިމުންނަށްވެސް އެގައުމުގެ ސުޕްރިމް ކޯޓުން ވަނީ އަންގާފައެވެ

6 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ (29 ދުލްޤައްދާ 1445 ހ.) ހަނދު ފެނުމުން ޢަރަފާތް ދުވަހާއި އަޟްޙާ ޢީދު ގެ އިތުރުން ޙައްޖުގެ ދުވަސްވެސް ކަށަވަރުވެގެންދާނެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ.

މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. އަދި މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *