ލޯންޗު އެކްސިޑެންޓު: އަނިޔާވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެނީ އެކަކަށް

ލޯންޗު އެކްސިޑެންޓު: އަނިޔާވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެނީ އެކަކަށް

Author
އަހުމަދު
05 ޖޫން 2024 03:00
0

ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހިގެން ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި އަނިޔާވި ހަތް މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ 11 ޖަހާކަން ހާއިރު ހުޅުލެ ނެރު ކައިރިންނެވެ.

އެ އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވި އިރު އެ ހުރިހާ އެންމެން ވެސް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް މީހާ އަށް ވެސް ވޯޑުގައި ފަރުވާދެމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައި ވާއިރު، މިދިޔަ ހޮނިހިރު ދުވަހު އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން ލޯންޗެއް ގޮސް ބަންގްލަދޭޝްގެ މީހަކު ވަނީ މަރުވެފައެވެ. އެ މައްސަލައިގައި ލޯންޗު ކެޕްޓަން ހައްޔަރުކޮށް ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.