"ވެނޮމް 3″ ގެ ޓްރެއިލާ

"ވެނޮމް 3″ ގެ ޓްރެއިލާ

Author
ފާތިމަތު ނާވީ
06 ޖޫން 2024 12:44
0

ހޮލީވުޑްގެ މަޝްހޫރު ސުޕަރހީރޯ ފްރެންޗައިޒް "ވެނޮމް 3″ ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވެނޮމް: ދަ ލާސްޓް ޑާންސް" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 25 ގަ އެވެ. 110 މިލިއަނަށް ވުރެ ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމުގައި އެކްޓަރު ޓޮމް ހާޑީ މި ފަހަރު ވެސް ފިލްމުގެ ޓައިޓްލް ރޯލުން ފެނިގެން ދާނެ އެވެ.

 

View this post on Instagram

 

A post shared by Venom (@venommovie)

ފިލްމުގައި މަސައްކަތްކުރާ އެހެން ތަރިންނަށް ބަލާލާއިރު، ސްޓެފަން ގްރަހަމް އާއި ޕެގީ ލޫ އާއި ޝިވެޓެލް އެޖޮއޮފޯ އަދި ޖޫނޯ ޓެމްޕްލް ފަދަ ތަރިން ފާހަގަ ކޮށްލެވެއެވެ. ވެނޮމްގެ ފުރަތަމަ ބައި 2018 ގައި ގެނެސްދިނުމަށްފަހު ދެވަނަ ބައި ގެނެސްދީފައިވަނީ 2021ގައެވެ.

މިއީ މާވެލް އެންޓަޓެއިންމެންޓާއި ކޮލަމްބިއާ ޕިކްޗާސްގެ އިތުރުން ސޮނީ ޕިކްޗާސް ގުޅިގެން އުފައްދާ ފިލްމެކެވެ. ވެނޮމްގެ ހުރިހާ ބަޔަކަށްވެސް ބޮކްސް އޮފީހުގައި ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.