ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މާދަމާ ފަށަނީ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މާދަމާ ފަށަނީ

ގުޅުންހުރި

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މުޅި ރާއްޖޭގައި ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މާދަމާ ފެށުމަށް ހަމަޖައްސައިފިއެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހާ ދިމާކޮށެވެ. ތިމާވެށީގެ ދުވަހަކީ ޖޫންމަހުގެ 5 ވަނަ ދުވަހެވެ. ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާއިރު، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ އޭގެތެރޭގައި ހިމެނޭ އެއް ޕްރޮގްރާމްކަމަށް އެންވިރޮންމިނިސްޓްރީން ބުނެފައި ވެއެވެ. އޭގެ އިތުރުން މި ހަރަކާތްތަކުގެ ތެރޭގައި ގަހާއިބެހޭ ފޮތެއް ލޯންޗުކުރުންވެސް ހިމެނެއެވެ.

މި ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ތިމާވެއްޓާބެހޭ ވަޒީރު މީގެކުރިން ވިދާޅުވެފައި ވެއެވެ. އަދި މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަސްކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަސްތަކާއި ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތަކެވެ.

މި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގައި 90 އަށްވުރެ ގިނަ ބާވަތުގެ ގަސް އިންދޭނެކަމަށާއި، އަދި ދެމެހެއްޓެނިވި ގޮތުގައި ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގެ ގޮތުން ރަށްރަށުގައި ނާސަރީތައް ގާއިމްކޮށް އާންމުންނަށް ގަސްލިބޭނެ އިންތިސާމްތައް ހަމެޖެހިގެން ދާނެއެވެ.

ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ގުޅޭ ގޮތުން "ކޮޕް28″ ސަމިޓްގައި ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ