ރެކޯޑާ އަރާހަމަކުރުމުން މެސީއަށް ޕެލޭގެ ތައުރީފް

ރެކޯޑާ އަރާހަމަކުރުމުން މެސީއަށް ޕެލޭގެ ތައުރީފް

Author
އިބްރާހީމް ސާޢިދު
22 ޑިސެމްބަރ 2020 09:03
0

އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ޕެލޭ ހަދާފައިވާ ރެކޯޑާ ބާސެލޯނާގެ ލިއޮނަލް މެސީ ހަމަކުރުމުން، މެސީ އަށް ޕެލޭ މަރުހަބާ ކިޔައިފި އެވެ.

ޕެލޭގެ ރެކޯޑާ ހަމަކުރުމުގެ އިތުރުން 33 އަހަރުގެ މެސީ އެންމެފަހުން ޖެހި ލަނޑާ އެކު އޭނާ ވެފައިވަނީ ޔޫރަޕްގެ ފަސް ލީގުގެ ތެރެއިން އެއް ޓީމެއްގައި ހުރެ އެންމެ ގިނަ ލީގު ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. ލީގުގައި ބާސެލޯނާ އަށް 450 ވަނަ ގޯލު މެސީ ކާމިޔާބުކޮށްދިނީ 498 ވަނަ މެޗުގަ އެވެ.

"އަހަރެމެން އެއް ކްލަބަކަށް ދައްކާފައިވާ ލޯބި ފުޓްބޯޅައިން ފެނުމަކީ ދުރުކަމެއް. ތިއީ އަހަރެން ވަރަށް ގަދަރުކުރާ ކުޅުންތެރިއެއް"

– މެސީ އަށް މަރުހަބާ ކިޔަމުން ޕެލޭ އާއްމުކުރި ޕޯސްޓުގައި ބުންޏެވެ.

1956އިން 1974 ގެ ނިޔަލަށް ކުޅުނު 19 ސީޒަނުގައި ޕެލޭ ވަނީ ބްރެޒިލްގެ ސަންތޯސް އަށް ކުޅުނު 656 މެޗުގައި 643 ލަނޑު ޖަހާފަ އެވެ. ސްޕެނިޝް ލީގުގައި އެންމެފަހުން ވެލެންސިއާ ކޮޅަށް ގޯލު ޖަހައި މެސީ 643 ލަނޑު ހަމަކުރީ 748 މެޗުންނެވެ. އިތުރު އެއް ގޯލު ޖަހައިގެން ޕެލޭގެ ރެކޯޑް މެސީ އަށް މުގުރާލެވޭނެ އެވެ.

މެސީ ބާސެލޯނާ އަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ 2005 ވަނަ އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.