ސިހުރު އުގެނުމަކީ ކާފިރުވާނެ އަމަލެއް: ޚުޡުބާ

ސިހުރު އުގެނުމަކީ ކާފިރުވާނެ އަމަލެއް: ޚުޡުބާ

Author
ހުސައިން
31 މެއި 2024 01:18
0

ސިހުރު އުގެނުމަކީ ކާފިރުވާނެ އަމަލެއްކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ސިހުުރުގެ ނުބައިކަން" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޡުބާގައި ވިދާޅުވީ ސިހުރަކީ ކާފިރުވާފަދަ ބޮޑު ފާފައެއް ކަމަށާއި، އެއީ ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާނެ އަމަލެއް ކަމުގައެވެ. އަދި މުސީބާތްތަކުން މިންޖުވުމަށާއި ބޭނުންވާ ކަންކަމުގައި އިޚްލާސްތެރިކަމާއެކު މާތް ﷲގެ ހަޒުރަތުގައި ދުއާދެއްނެވުމަށް ޚުޡުބާގައި އިރުޝާދު ދީފައި ވެއެވެ.

މުސްލިމް އަޚުންނޭވެ! ސިޙުރާ، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައި ވެއެވެ. އެންމެ މުހިންމު ކަމަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވުމެވެ. ދެވަނަ ކަމަކީ ޝައިޡާނާގެ ކިބައިން ރައްކާތެރިވުމަށް މާތް ﷲގެ ހަޒުރަތުގައި ދުޢާ ދެންނެވުމެވެ.

ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި ވިދާޅުވީ ސިހުރަކީ ހަގީގަތެއް ކަމަށާއި، އޭގެ އެއް ބާވަތަކީ އެކަންކުރާ މީހުންގެ ކުޅަދާނެ ކަމުން މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުން ކަމުގައެވެ.

ސިހުރުގެ އަނެއް ބާވަތަކީ ކެހިވެރިކަމުގެ ދައްކާލުމެއް ނޫނެވެ. އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަޑަށް އޭގެ އަސަރު ފޯރާ ބާވަތެކެވެ. މި ބާވަތުގެ ސިހުރު ހެދުމަށް މީހުން އިސްތައްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާންފަދަ ތަކެތި ބޭނުން ކުރެއެވެ. މީގެތެރޭގައި މީހުން މޮޔަކޮށްލާ ސިހުރާއި ބަލިކޮށްލާ ސިހުރާއި މަރާލާ ސިހުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިހުރު ހިމެނެއެވެ.

މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި ވިދާޅުވީ ރަސޫލާއާއި ޖެހިވަޑައިގަތީ މި ބާވަތުގެ ސިހުރަކާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.