ކުންފުންޏަކަށް 6 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ހުކުމް ކޮށްފި

ކުންފުންޏަކަށް 6 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ހުކުމް ކޮށްފި

’ކެމްޕިއަން މޯލްޑިވްސް' ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް 6 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމަކީ ފެނަކައިން ކެމްޕިއަން މޯލްޑިވްސްއަށް ދައްކަންޖެހެ ފައިސާގެ ތެރެއިން ތެރެއިން 2023 ޖުލައި 02 އާއި ހަމައަށް އެކުންފުންޏަށް ނުލިބިހުރި 8 މިލިއަން ރުފިޔާ ހޯދުމަށް އެކުންފުނިން ކުރި ދައުވާއާއި ގުޅޭގޮތުން ކުރި ހުކުމެކެވެ.

އެހެންނަމަވެސް 8 މިލިއަން ރުފިޔާގެ ތެރެއިން 2 މިލިއަން ރުފިޔާ ފެނަކައިން އެކުންފުންޏަށް ދައްކާފައިވާތީ ބާކީ އިން އަދަދު މަހުން މަހަށް ބަހާލައިގެން ދެއްކުމަށް ފެނަކައިން އެދިފައިވި ނަމަވެސް ކެމްޕިއަން މޯލްޑިވްސްގެ އެދުމުގެ މަތިން އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސް ކުރުމަށެވެ.

ސަރުކާރު ބަދަލުވިއިރު ފެނަކައިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެކުންފުނި ވަނީ 2.8 ބިލިއަނަށްވުރެ ގިނަ ފުރިޔާއިން ދަރަނިވެރި ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *