ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު ފަތުރުވެރިންތަކެއް ގެންގުޅޭ ކުއްތާއެއް ކ. ތުލުސްދޫ އަށް ބެލި މައްސަލަ ސޯޝަލް މީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ.
ފުލުހުން މިއަދު ބުނީ ކ. ހިންމަފުށީ ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ތިބި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުސްދޫއަށް ބޭލި ކަމުގެ ރިޕޯޓް ލިބިގެން އެކަން ބަލާފައިވާ ކަމަށެވެ. އަދި އެ ކުއްތާ އެނބުރި ޔޮޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްތާއަކީ ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެ ކޮށްފައިވާ ކުއްތާއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފަތުރުވެރިއަކު ކުއްތާއެއް އުރައިގެން ތުލުސްދޫގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.