ޣައްޒާގެ ރަފަހަގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީޖޭ) ކުރި އަމުރު ތަންފީޒު ކުރުމަށް ސްޕެއިންއިން ގޮވާލައިފިއެވެ.
ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް ވަނީ ދާދި ފަހުން އައިސީޖޭއިން ކުރި ހުކުމް އިޒްރޭލުން ތަންފީޒު ކުރުމަށް ގޮވާލައްވާފައެވެ. އައިސީޖޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރަފާހުގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުން ވެސް މަޖުބޫރު ކަމަށް އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެން ޑިމާންޑް ކުރަނީ އެކަން ތަންފީޒު ކުރަން. މީގެ އިތުރުން ހަނގުރާމަ ހުއްޓާލުމާއި، ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް. ޣައްޒާގެ މީހުންގެ ހިތާމައާއި ކެކުޅުންތަކަށް ނިމުމަކަށް ގެންނަން ޖެހޭ."
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ މިއަދު ކުރި އަމުރުގައި ހުކުމުގައި ބުނެފައި ވަނީ ޣައްޒާގެ ދެކުނުގެ ރަފާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާ ހުއްޓުވަން ޖެހޭ ކަމަށެވެ.
ރަފާހުގައި އިސްރާއީލުން ހިންގާ އަމަލުތަކަކީ "ނަސްލު ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ދިރިތިބުމަށް ނުރައްކާވާ ކަމަށް ބުނެ ކުއްލި ފިޔަވަޅެއްގެ ގޮތުގައި ކޯޓުހެ އަމުރަކަށް ދެކުނު އެފްރިކާއިން ވަނީ އައިސީޖޭގައި އެދިފަ އެވެ.
މި އެދުމަކީ ޣައްޒާގައި އިސްރާއީލުން އަމަލުކުރި ގޮތާ ގުޅޭ ގޮތުން ދެކުނު އެފްރިކާއިން އެކޯޓަށް ހުށަހަޅާފައިވާ ބޮޑު މައްސަލައިގެ ބައެކެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކަށް ފަހު ހަމާސް ބަލިކުރުމަށް އިސްރާއީލުން ރަފާގައި އަސްކަރީ ހަރަކާތް ހިންގުމަކީ މުހިއްމު ކަމެއް ކަމަށް އެގައުމުން ބުނެފައިވާއިރު، ދެކުނު އެފްރިކާގެ މައްސަލައަކީ "މުޅިން އަސާސެއް ނެތް" މައްސަލައެއްކަމަށްވެސް އިސްރާއީލުން ބުނެފައި ވެއެވެ.
އައިސީޖޭ އަކީ ޔޫއެންގެ އެންމެ މަތީ ކޯޓެވެ. އެކޯޓުގެ އަމުރުތަކަށް ތަބާވުމަކީ ޔޫއެންގެ މެމްބަރު ގައުމުތަކަށް ލާޒިމް ކަމަކަށްވި ނަމަވެސް، ކޯޓުގެ އަމުރުތައް ތަންފީޒުކުރެވޭނެ ގޮތެއް އެކޯޓަށް ފަހިވެފައެއް ނޯވެއެވެ.