ޒަކާތާ ބެހޭ ހާއްސަ އޮންލައިން ލައިބްރަރީއެއް

ޒަކާތާ ބެހޭ ހާއްސަ އޮންލައިން ލައިބްރަރީއެއް

Author
އަހުމަދު
23 މެއި 2024 11:00
0

ޒަކާތާ ބެހޭ ހާއްސަ އޮންލައިން ލައިބްރަރީއެއް އިސްލާމިކް މިނިސްޓްރީ ގާއިމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީ ބުނީ އޮންލައިން ލައިބްރަރީއާ އެކުގައި އޮންލައިންކޮށް ވަރަށް ގިނަ މައުލޫމާތު ދެނެގަނެވި، ޒަކާތާ ބެހޭ ހުރިހާ ފޮތެއް މި ލައިބްރަރީގައި ފެންނަން ހުންނާނެ ކަމަށެވެ. އަދި އޭގެ އޯޑިއޯ ފޮތްތައް ވެސް ތައްޔާރު ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އޯޑިއޯ ފޮތްތައް އޮންލައިން ލައިބްރަރީއަށް ލުމުން ލޯފަން މީހުންނަށްވެސް އެ ފޮތްތައް ކިޔަން ފަސޭހަ ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ޒަކާތު ހައުސަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތާއި ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގެ ބޭނުމުގައި އިސްލާމިކް މިނިސްޓްރީގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.

މި އިދާރާ އުފެއްދެވީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.