ޤައުމުތަކުގެ ފައިސާއިން ފައިސާ ދެއްކޭގޮތް ހެދުމުން ޑޮލަރުގެ ޑިމާންޑު ކެނޑި ދިވެހި ރުފިޔާ ބާރުގަދަވެގެންދާނެކަމަށް އިކޮނޮމިން މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އަށް މައުލޫމމާތުދެއްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ޗައިނާ އަދި އިންޑިއާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން ބޭންކުތައް މެދުވެރިކޮށް އެ ޤައުމުތަކުގެ ފައިސާއިން ފައިސާ ދެއްކޭގޮތް ހެދުމަށް މަޝްވަރާ ކުރެވުމުންދާ ކަމަށާއި މި ބަދަލާއެކު ރާއްޖޭން މުދާ ގެނައުމަށް ހޭދަކުރާ ޑޮލަރުގެ ޑިމާންޑު ކެނޑި އޭގެ ސަބަބުން ދިވެހި ރުފިޔާ ބާރުގަދަވެގެންދާނެ ކަމަށެވެ.
ސަޢީދު ވިދާޅުވީ "ޓްރޭޑް ފެސިލިޓޭޝަނަށް ޑޮލަރުގެ ބަދަލުގައި ލޯކަލް ކަރަންސީން ޕޭމަންޓް ހެދޭނެގޮތަށް ކަންކަން ބައްޓަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ވަނީ ވިދާޅުވެފައި. ހަމައެއާއެކު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރުވެސް ވިދާޅުވި އިންޑިއާ ސަރުކާރުގެ ޝައުގުވެރިކަން އެބަހުއްޓޭ،" ކަމަށެވެ.
ޗައިނާ އާއި އިންޑިއާއިން 1.5 ބިލިއަނެއްހާ ޑޮލަރުގެ މުދާ އަހަރެއްގެ ތެރޭގައި ރާއްޖެއަށ1 އެތެރެކުރެއެވެ.
ކޮމެންޓު ފޮނުވާ