އއ. ތޮއްޑޫގައި ކޮޅިގަޑެއްގައި ޖެހުނު، މޫދަށް އެރިތިބި ކުދިން ސަލާމަތް ކޮށްދިނީ ސްޓެލްކޯގެ މުވައްޒަފުން

އއ. ތޮއްޑޫގައި ކޮޅިގަޑެއްގައި ޖެހުނު، މޫދަށް އެރިތިބި ކުދިން ސަލާމަތް ކޮށްދިނީ ސްޓެލްކޯގެ މުވައްޒަފުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެކުދިން ސަލާމަތް ކޮށްދިނުމުގައި ސްޓެލްކޯގެ މުވައްޒަފުން ހަރަކާތްތެރި ވެއްޖެއެވެ.

ސްޓެލްކޯއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ކޮޅިގަނޑު އައިވަގުތުގައި މޫދަށްއެރިތިބި ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަޙައްދުގައި ތިބި އެ ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުން ޙަރަކާތްތެރިވެފައިވާ ކަމުގައެވެ. ހަމަ އެއާއިއެކު، ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް އެކުންފުނީގެ ހީވާގި މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ

ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި.

ސްޓެލްކޯގެ އެކްސް ޕޯސްޓުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާތާ މިހާރުވަނީ ހަފްތާއެއްހާ ދުވަސް ވެފައެވެ. އެގޮތުން ވިއްސާރަވާނެ ކަމަށް ލަފާކޮށް ހއ. އިން ތ.އަތޮޅާއި ހަމައަށް މެޓް އޮފީހުން މިހަރުވަނީ ރީނދޫ ސަމާލު ނެރެފައެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ އެލާޓް ނެރެފައި ވަނީ މިރޭ ހެނދުނު 20:30 އިން ފެށިގެން މެންދުރު 12:30 އަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި ގަޑިއަކު 28 މޭލާއި 30 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މާލެއަށްވެސް ގިނަ ދުވަސްތަކުގައި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *