މާލޭގައި މާރާމާރީ ހިންގި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި

މާލޭގައި މާރާމާރީ ހިންގި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
21 މެއި 2024 02:01
0

މާލޭގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި މާރާމާރީ ހިންގާފައި ވަނީ ސައިކަލެއްގައި އައި ބައެކެވެ. އެގޮތުން އެކަކު އަނެކަކު ގައިގައި ތަޅާ އަނިޔާކޮށް، ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ފެނެއެވެ. މާރާމާރީ ހިންގުމަށް ފަހު ސައިކަލްގައި އައި ދެ މީހުން އެ ސަރަހައްދު ދޫކޮށް ދެއެވެ.

އެ ސަރަހައްދަށް ފުލުހުން އައި ނަމަވެސް އެ ދެމީހުން އަތުލައިގެނެވިފައެއް ނުވެއެވެ.

މި ވީޑިއޯ އާ ގުޅިގެން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މި މާރާމާރީގެ މައްސަލައިގައި ރޭގެ ވަގުތެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.