އީރާނުން 28 ޖޫންގައި ރިޔާސީ އިންތިޚާބު ބާއްވަނީ

އީރާނުން 28 ޖޫންގައި ރިޔާސީ އިންތިޚާބު ބާއްވަނީ

Author
ހުސެއިން
21 މެއި 2024 09:25
0

އީރާނުގެ ރައީސް އިބުރާހިމް ރައީސީ ހެލިކޮޕްޓަރ ވެއްޓުމުގެ ހާދިސާގައި އަވަހާރަ ވުމާއި ގުޅިގެން އާ ރައީސަކު އިންތިޚާބު ކުރުމަށް ޖޫން 28 ގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމައިފިއެވެ.

އިރާނުގެ ރައީސާއި ފޮރިން މިނިސްޓަރ ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓި، އިރާނުގެ ރައީސް އިބުރާހިމް ރައީސީ، 63، އަވަހާރުވުމާއި ގުޅިގެން، އެގައުމުގެ ގާނޫނު އަސާސީގައިވާގޮތުން އިރާނުގެ ވަގުތީ ރައީސްކަމާއި މިހާރު ހަވާލުވެވަޑައިގެންފައިވަނީ ރައީސީގެ ފުރަތަމަ ނައިބު ރައީސްގެ މަގާމުގައި ހުންނެވެި މުހައްމަދު މުޚުބާރުއެވެ.

އޭނާ ވަގުތީ ރައީސްކަމުގެ މަގާމްގައި ހުންނަވާނީ ކުރިޔަށް އޮތް 50 ދުވަހުގެ ތެރޭގައި އެގައުމުގައި އާ ރިޔާސީ އިންތިޚާބެއް ބޭއްވެންދެނެވެ. އިރާނުގެ ގާނޫނު އަސާސީގައި ވާގޮތުން ރައީސް އަވަހާރަވެއްޖެނަމަ، ރޫހާނީ ލީޑަރުގެ ރުހުމާއެކު، އެކައުމުގެ ރައީސްކަމާއި ހަވާލުވެވަޑައިގަންނަވާނީ ނާއިބު ރައީސްއެވެ. އަދި ޖެހިގެން އަންނަ 50 ދުވަހުގެ ތެރޭގައި އާ ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.

އެހެންގައުމުތަކާ ޚިލާފަށް އިރާންގެ ފުރަތަމަ ނައިބު ރައީސްގެ މަގާމަކީ އައްޔަން ކުރާ މަގާމެކެވެ. އެއީ އިންތިޚާބީ މަގާމެއް ނޫނެވެ.

1989 ވަނަ އަހަރުގައި އެ މަގާމް އުފެއްދުމަށްފަހު، އެމަގާމްގައި ތިއްބަވާ ބޭފުޅުންނަކީ ބޮޑުވަޒީރެއްގެ މަގާމް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.

މުޚުބާރު ނައިބު ރައީސްގެ މަގާމަށް ރައީސީ އައްޔަން ކުރެއްވީ 2021ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. އެއީ ރައީސީ އިރާންގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެންނެވެ.

ނައިބުރައީކަމަށް އައްޔަން ކުރެވުމުގެ ކުރިން އަޚްބާރުވަނީ އިރާންގެ މުވައްސަސާއެއް ކަމުގައި "ސެދާތު"ގެ އިސްވެރިޔާގެ މަގާމް 14 އަހަރުވަންދެން އަދާކޮށްފައެވެ. މިމުވައްސަސާއަކީ 1979 ވަނަ އަހަރު އެގައުމަށް ގެނައި އިސްލާމީ އިންގިލާބަށްފަހު އުވާލެވުނު ޕްރޮޕަޓީތައް އެގައުމުގެ ރޫހާނީ ލީޑަރުގެ އަމުރުފުޅާ އެއްގޮތަށް ވިއްކާލުން ނުވަނަ މެނޭޖް ކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުވައްސަސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.