އިރާނުގެ ރައީސާއި ފޮރިން މިނިސްޓަރ ދަތުރު ކުރެއްވި ހެލިކޮޕްޓަރ ފެނިއްޖެކަމަށާއި، ދެބޭފުޅުންވެސް އަވަހާރަވެފައިވާކަމަށް އިރާނުގެ ލޯކަލް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ރިޕޯޓްތައް ބުނެފައިވާގޮތުގައި ތޮން ހެލިކޮޕްޓަރުގެ ކޮންވޯއިއެއްގައި ދަތުރުކުރަމުންދިޔަ، ރައީސީ އިންނެވި ހެލިކޮޕްޓަރ "ހާޑް ލޭންޑިން"އެއް ކުރީ އެ ގައުމުގެ އުތުރަށް ބޯކޮށް ވާރޭ ވެހެމުން ދަނިކޮށެވެ.
އީރާނާއި އަޒަރުބައިޖާން ބޯޑަރު ސަރަހައްދުން އެނބުރި ވަޑައިގަތުމަށްފަހު ރައީސީ ދަތުރުކުރައްވަމުން ގެންދެވީ އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒް ސިޓީއަށް ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.
މި ހެލިކޮޕްޓަރުގައި އިރާނުގެ ރައީސް އިބްރާހިމް ރީސީ އާއި އީރާނުގެ ޚާރިޖީ ވަޒީރު އާމިރު އަބްދުއްاللهޔަންގެ އިތުރުން، އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރުމަލިކް ރަހްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމްވެސް ވަނީ ދަތުރު ކުރައްވާފައެވެ.
ރައީސީ ދަތުރު ކުރައްވަމުން ގެންދެވި 15 މީހުންގެ ޖާގައިގެ ހެލިކޮޕްޓަރއަކީ އެމެރިކާއިން އުފައްދާފައިވާ، އޭގެ އުމުރު 40 އަހަރަށްވުރެ ގިނަ ދުވަސްވީ ވައިގެ އުޅަނދެކެވެ. އެ ހެލިކޮޕްޓަރ އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ، އިރާނުގެ އިސްލާމީ އިންގިލާބަށްވުރެ ކުރި، އެގައިމުގައި އޮތް ރަސްކަމުގެ ދުވަސްވަރުއެވެ.
އެހެންނަމަވެސް ފަހުން މި ހެލިކޮޕްޓަރ ވަނީ ރައީސް ދަތުރު ކުރެއްވުމަށް ބޭނުން ކުރަން ފަށާފައެވެ.
އިބުރާހިމް ރައީސީއަލީ އިރާނުގެ މިވަގުތު އޮތް އިސްލާމީ ވެރިކަމުގެ އެންމެ އެތެރެ ކޮއިލުގެ، އެގައުމުގެ ރޫހާނީ ލީޑަރު އަލީ ޚަމަނައިގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. އަދި އުމުރުން 90 އަހަރަށްވުރެ މަތިވެފައިވާ، މިހާރުގެ ރޫޙާނީ ލީޑަރަށްފަހު އެގައުމުގެ ރޫހާނީ ލީޑަރުކަމަށް ވަޑައިގަންނަވާނެކަމަށް ބެލެވެމުން އައި ބޭފުޅާއަކީ މި އެކްސިޑެންޓުގައި އަވަހާރަވި އެގައުމުގެ ރައީސް އިބުރާހިމް ރައީސީއެވެ.
ތަފްސީލު އަނަންނީ..