އިރާނުގެ ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރ ފެނިއްޖެ

އިރާނުގެ ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރ ފެނިއްޖެ

Author
ހުސެއިން
19 މެއި 2024 11:24
0

އިރާނުގެ ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރ ފެނިއްޖެކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވަނީ، ރައީސީގެ ހެލޮކޮޕްޓަރ ވެއްޓިފައިވާ ސަރަހައްދަށް އިރާނުގެ ރެޑްކްރެސެންޓުގެ 5 ޓީމަކަށް މިހާރު ފޯރާފައިވާ ކަމުގައެވެ.

އީރާނުގެ އެގްޒެކެޓިވް އެފެއާޒްގެ ވައިސް ޕްރެޒިޑެންޓް މޮހްސެން މަންސޫރީ އެ ގައުމުގެ ސެމީ އޮފިޝަލް ފާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނުގެ ރައީސް އިބްރާހިމް ރައީސީއާ އެއް ހެލިކޮޕްޓަރެއްގައި ތިބި ދެ މީހަކާ އީރާނުގެ އޮފިޝަލުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

އޮފިޝަލުން ބުނަނީ ބޯޓު ވެއްޓުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަސިންޖަރަކާއި ފްލައިޓް ކްރޫގެ މެމްބަރަކާ "އެތައް ފަހަރަކު" ގުޅުމުން ދޭހަވަނީ ހާދިސާ "ސީރިއަސް ނޫން" ކަމަށެވެ.

މަންސޫރީ ވިދާޅުވީ ރައީސީގެ ހެލިކޮޕްޓަރާ ދެ ހެލިކޮޕްޓަރުގެ ގުޅުން ކެނޑުމުގެ ކުރިން އެއް ރޫޓެއްގައި ތިން ހެލިކޮޕްޓަރު އުދުހެމުން ދިޔަ ކަމަށެވެ. "ކޮމިއުނިކޭޝަން މިނިސްޓްރީ އާއި އެހެނިހެން ސަލާމަތީ އިދާރާތަކުން ވަނީ ދެ ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގި ހާދިސާ ހިނގި ސަރަހައްދު ދެނެގަނެވިފައި. މޫސުން ގޯސްވުމުގެ ސަބަބުން އެ ސަރަހައްދަށް ވަނުމަށް ގޮންޖެހުންތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.