ކޮމަންވެލްތު އިންވެސްޓްމަންޓް ކައުންސިލްގެ އޮފީހެއް ރާއްޖޭގައި ގާއިމުކޮށް، ޗެއާއަކަށް ވިޔަފާރިވެރިޔާ ޖަނާހް

ކޮމަންވެލްތު އިންވެސްޓްމަންޓް ކައުންސިލްގެ އޮފީހެއް ރާއްޖޭގައި ގާއިމުކޮށް، ޗެއާއަކަށް ވިޔަފާރިވެރިޔާ ޖަނާހް

Author
ޙަސަން މުޙައްމަދު
16 މެއި 2024 01:15
0

ކޮމަންވެލްތު އިންވެސްޓްމަންޓް ކައުންސިލްގެ އޮފީހެއް ރާއްޖޭގައި ގާއިމުކޮށް، އެ ކައުންސިލްގެ ޗެއާއަކަށް ވިޔަފާރިވެރިޔާ ޖަނާހް އައްޔަން ކުރުމަށް ހަަޖައްސައިފިއެވެ.

ވިޔަފާރިވެރިޔ ޖަނާހުއަކީ ޑރ. މުޙައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރުވެސްމެއެވެ.

ކޮމަންވެލްތު އިންވެސްޓްމަންޓް ކައުންސިލް (ސިވިކް)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ގާއިމްކުރާ މި އޮފީހުން ރާއްޖޭގެ ވިޔަފާރިތައް އިންވެސްޓަރުންނަށް ތައާރަފްކުރުމުގެ އިތުރުން ރާއްޖެއަށް ވިޔަފރީގެ އިތުރު ފުރުސަތުތައް ހޯދާ ދިނުމަށް މަސައްކަތް ކުރާނެ ކަމުގައެވެ.

އަދި ވަކީން ޚާއްސަކޮށް މި ކައުންސިލް މެދުވެރިކޮށް، ކޮމަންވެލްތުގެ 56 މެމްބަރު ގައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ހޯދުމުގެ އިތުރުން މި ހަބް މެދުވެރިކޮށް ބޭރުގެ އިންވެސްޓަރުންނާއެކު ސްޓްރަޓީޖިކް ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ މަގު ދިވެހި ވިޔަފާރަވެރިންނަށް ފަހިވެގެންދާނެ ކަމުގައިވެސް ބުނެފައި ވެއެވެ.

ޖަނާހުއަކީ ރާއްޖެއަށް އިންވެސްޓަރުން ގެނައުމާއި، އަދި އޭގެ އިތުރުން މެދިއިރުމަތީގެ ގައުމުތަކުގެ ވިޔަފާރަވެރިންނާއި ގުޅުން ބަދަހި ވިޔަފާރިވެރިއެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.