ޓްރޭޑް އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހު ކުރުމަށް މަޝްވަރާ ކޮށްފި

ޓްރޭޑް އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހު ކުރުމަށް މަޝްވަރާ ކޮށްފި

ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓަމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދުވެހިރާއްޖެއާއި އިނގިރޭސިވިލާތުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިހާރު އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެގައުމުގެ ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރެގް ހޭންޑްސްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ސައީދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ މި ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި، ފައިނޭންޝަލް ސަރވިސަސް އިންޑަސްޓްރީ ކުރިއެރުވުމަށާއި އެފް.ޓީ.އޭ.ގެ ދާއިރާ ފުޅާކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައެވެ.

ސައީދުގެ މިދަތުރަކީ، ކޮމަންވެލްތް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑް ޓޭބަލްގައި ބައިވެރިވުމަށް  ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ސައީދުގެ މި ދަތުރުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމުގައެވެ.

މީގެއިތުރުވެސް އިނގިރޭސި ސަރުކާރުގެ އެކި ފަރާތްތަކާއި، ހައުސް އޮފް ލޯޑްސް އަދި އިނގިރޭސިވިލާތުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ ފަރާތްތަކާ ސައީދު ބައްދަލުކުރައްވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *