ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގެ ސަހަރާތަކުން ބައެއްގައި ޕާކިން އޭރިއާތައް ގާއިމް ކުރަނީ

ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގެ ސަހަރާތަކުން ބައެއްގައި ޕާކިން އޭރިއާތައް ގާއިމް ކުރަނީ

ގުޅުންހުރި

މާލެއަށް ކުރިމަތިވެފައިވާ ޕާރކިންގެ މައްސަލަ ހައްލުކުރުމަށް މާލޭގެ 4 ސަހަރާއިން ބައެއްގައި ޕާކިން އޭރިއާތައް ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާދަމް އާޒިމް ވިދާޅުވީ ޕާކިން މައްސަލަތައް ހައްލުކުރުމަށް މާލޭގެ ސަހަރާތަކުގެ ބޭނުންކުރުމަށްޓާކާ، އިސްލާމީ ފަތުވާދޭ މަޖިލިހުގެ ލަފާގެމަތިން، ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މާލޭގެ ހަތަރު ސަހަރާއިންވެސް ކޮންމެ ސަހަރާއަކުން ބައެއް މިހާރު ނަގާފައިވާ ކަމުގައެވެ.

އެގޮތުން މި ޕާކިން އޭރިއާތައް ހެދުމަށް، މައްޗަންގޮޅި ސަހަރާގެ ކަންމަތިން  އެއްބަޔާއި، ގަލޮޅު، މާފަންނު އަދި  ސަހަހެންވޭރު ސަހަރާގެ ބައެއް ނަގާ މިހާރު މަސައްކަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރުވަމުން އަންނަ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދަނީ މާފަންނު ސަހަރާއިން ބޮޑުބައެއް ނަގާ އެމަސައްކަތް ފެށުމަށް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެމަސައްކަތް ނިމުމުން އެ ސަރަހައްދުގެ ޕާކިންގެ މައްސަލައަށް ރަގަޅު ހައްލެއް ލިބިގެންދާނެކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގައި ޕާކިން ބިލްޑީންގތައް އެޅުމުގެ އެގޮތުން 12 ޕްރޮޖެކްޓަކަށް އަމަލީ ސިފަ ގެނައުން އަވަސްކުރުމަށް މަސައްކަތް ކުރެވެމުންދާކަމުގައެވެ.

ޕާކިން ބިލްޑިންތަކެއް އެޅުމަށްޓަކައި 12 ވަރަކަށް ޕްރޮޖެކްޓު އެބަ އޮތް އެޕޮއިންޓްމެންޓުގައި ފެށެން. އެ އެއްޗިހި އަވަހަށް ފެށޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން، އަޅުގަނޑުމެންގެ ޓީމުތަކާއި އިންފްރާސްޓްރަކްޗާ ޓީމުތަކާއި ވާހަކަދައްކައިގެން.
މޭޔަރު އާޒިމް ވިދާޅުވިއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ