އިންޓަރމިލާންގެ އެހީގައި ފ. އަތޮޅުގައި ކޯޗުން ތަމްރީން ކުރަނީ

އިންޓަރމިލާންގެ އެހީގައި ފ. އަތޮޅުގައި ކޯޗުން ތަމްރީން ކުރަނީ

Author
ހުސައިން
15 މެއި 2024 11:21
0

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބު އިންޓަރމިލާންގެ އެހީގައި ފ. އަތޮޅުގައި ކޯޗުން ތަމްރީކުރުމަށް ހަމަޖެހިފައިވާކަމަށް ކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ކޮންސިއުލޭޓާއި ޔޫއެފާ ފައުންޑޭޝަން އަދި އިންޓަ މިލާން ގުޅިގެން، ފ. އަތޮޅުގައި ކުރިޔަށް ގެންދާ ޕްލޭއިން ވިތު ކޮރަލްސް" ޕްރޮގްރާމްގެ ތެރެއިންނެވެ.

މިނިސްޓަރ ރާފިއު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ ފ. އަތޮޅަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ އަހަރުދުވަހުގެ މުއްދަތަށެވެ.

މިނިސްޓަރ ރާފިއު ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނީ އެ ޕްރޮގްރާމްގައި އެ އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވެ، ކޮންމެ ރަށަކުން 2 ކޯޗުން ތަމްރީން ކުރުމަށް ކަމުގައެވެ. އެހެންނަމަވެސް ލިބިފައިވާ ތަރުހީބުގެ ބޮޑުކަމުގެ މިހާރު ކޮންމެ ރަށަކުން ހަތަރު ކޯޗުން ޓްރޭން ކުރާ ގޮތަށް ހަމަޖައްސާފައިވާކަމަށްވެސް ރާފިއު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.