ކޯވިޑް-19: މާލެއިން 10 މީހުންނާއިއެކު، މިއަދުގެ ޕޮޒިޓިވްވީ 19 މީހުން

ކޯވިޑް-19: މާލެއިން 10 މީހުންނާއިއެކު، މިއަދުގެ ޕޮޒިޓިވްވީ 19 މީހުން

Author
މުޙައްމަދު ޝަޒައިމް
20 ޑިސެމްބަރ 2020 10:08
0

ރާއްޖެއިން އިތުރު 19 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 19 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 10 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 9 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،493 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 17 މީހުންނެވެ، މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 12،895 އަށް އަރާފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު، މިހާރު އެޢަދަދު ވަނީ 543 އަށް މަތި ވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 3،149 ސާމްޕަލައެކު މިހާތަަނށް ޖުމްލަ 289،322 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 48 މީހަކު ވަނީ މިބަލީގައި ނިޔަވެފައެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑަށް ޕޮޒިޓިވްވާ މީހުން ޢަދަދު ރައްޖޭގައި ދަށަށްދާންފަށާފައިވާއިރު، އެޗްޕީއޭއިން ވަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަަކށްވެސް ލުއިތަކެއް ދޭން ފަށާފައެވެ. އެގިން ރެއިން ފެށިގެން މާލޭގައި އިއުލާންކޮށްފައިވާ ކާފިއު އުވާލުމާއި، މާލެ ސަރަހއްދުގައި ކުޅިވަރު މުބާރާތްތަކާއި، ހަފްލާތަކާއި، ޖަލްސާތައް ބޭއްވުމުގެ ހުއްދަ ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.