ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރުމުގެ މަސައްކަތް މިމަހު ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މިކަން ހާމަކޮށްފައިވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ ސްކޫލްތައް އޭސީކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވަނީ އަމިއްލަ ފަރާތްތަކުގެވެސް އެހީތެރިކަމާއެކު ކަމަށާއި، އަދި އިރުގެ ހަކަތައިން ކަރަންޓު ފޯރުކޮށްދެވޭ ސްކޫލުތައް ވަކިކޮށްގެން ކަމުގައެވެ. އެއީ ޚަރަދު ކުޑަކޮށް މަޝްރޫއު ކުރިޔަށް ގެންދިއުމުގެ މަގުސަދުގައިކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
އަދި މިމަސައްކަތް 26ގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ނިންމާލެވޭނެކަމަށްވެސް އިސްމާއިލް ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ މިމަސައްކަތަކީ ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން އެކި ސްކޫލުތަކަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތްތަކަށްފަހު ރައީސް ކުރިޔަށް ގެންދަވަން ނިންމެވި މަޝްރޫއެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ