"ހެޑްސް އޮފް ސްޓޭޓް" ނިންމާލައިފި

"ހެޑްސް އޮފް ސްޓޭޓް" ނިންމާލައިފި

Author
ފާތިމަތު ނާވީ
14 މެއި 2024 09:41
0

ހޮލީވުޑް އާއި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ގެ ހޮލީވުޑްގެ ފިލްމު "ހެޑްސް އޮފް ސްޓޭޓް" ގެ ޝޫޓިން ނިންމާލައިފި އެވެ.

މީގެ އަހަރެއްހައި ދުވަސް ކުރިން ފެށިގެން ޝޫޓިން ކުރަމުން ގެންދިއަ މި ފިލްމްގެ ޝޫޓިން ނިމުންކަން އޭނާ ވަނީ އިއުލާން ކޮށްފައިއެވެ. ސޯޝަލް މީީޑިއާ ގައި މިކަން އިއުލާން ކުރަމުން އޭނާ ބުނީ ފިލްމުގެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް މަޖާކޮށް އަދި އެހާމެ ޕްރޮފެޝަނަލްކޮށް ކަމަށެވެ.

އެކްޝަން ކޮމެޑީ "ހެޑްސް އޮފް ސްޓޭޓް" ގެ ކާސްޓްގައިހޮލީވުޑް ގެ މަޝްހޫރު އަދި އޭލިސްތް ގެ ތަރިން ހިމެނެއެވެ. އެގޮތުން މަޝްހޫރު ތަރިން ކަމަށްވާ އިޑްރިސް އެލްބާ އާއި ޖޯން ސީނާ ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ހަދާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ "ނޯބަޑީ" އާއި "ހާޑްކޯ ހެންރީ" ގެނެސްދިން އިލިއާ ނައިޝްލާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.