ރާއްޖެއާ އެކު އޮތް ގުޅުން ބަދަހިކުރާނެ ކަމުގެ ޔަގީންކަން ގަތަރުން ދީފި

ރާއްޖެއާ އެކު އޮތް ގުޅުން ބަދަހިކުރާނެ ކަމުގެ ޔަގީންކަން ގަތަރުން ދީފި

Author
އަހުމަދު
12 މެއި 2024 04:46
0

ރާއްޖެއާ އެކުގައި އޮތް ގުޅުން ބަދަހި ކުރާނެ ކަމުގެ ޔަގީންކަން ގަތަރުން ދީފިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އޭނާ މިއަދު ވަނީ އެ ގައުމަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ޒަމީރު ވަނީ ގަތަރުގެ ބޮޑުވަޒީރާއި ހާރިޖީ ވަޒީރު ޝައިހު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީއާ ބައްދަލު ކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލު ކުރެއްވުމުގައި ޒަމީރު ދެއްކެވި ވާހަކައިގައި ރާއްޖެއާ ގަތަރާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ގަތަރުން ވަމުން އަންނަ އެހީތެރިކަމަށް ޝުކުރު ދެންނެވި ކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ޒަމީރު ވަނީ ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސުލްހަ ގާއިމުކުރަން ގަތަރުން އަދާކުރާ ދައުރަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ބައިލެޓަރަލް ސެކްރެޓަރީ، ޑޮކްޓަރ ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ .ފަޒީލް ނަޖީބުގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެ އާއި ޤަތަރުން ސިޔާސީ ގުޅުން ގާއިމްކުރިތާ މި އަހަރު 40 އަހަރު ފުރޭނެއެވެ.

ރަސްމީ ދަތުރެއްގައި ވަޒީރު ޒަމީރު ވަނީ މިދިޔަ ހަފުތާގައި އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާ މަޝްވަރާ ކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.