އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސި ވިލާތާއި އެމެރިކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކ. ފުނަދޫގައި އަޅާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި އިހަވަންދިއްޕޮޅުގެ ހއ. ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ދުބާއީގެ މަޝްހޫރު ކުންފުނި، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު ކަމަށެވެ.
އެ ދަތުރުފުޅުގައި އެ ގައުމުގެ ފައިނޭންޝިއަލް އެސޯސިއޭޝަންތަކާއި އިންވެސްޓްމަންޓް އެސޯސިއޭޝަންގެ އިތުރުން ފައިނޭންޝިއަލް ސެކްޓަރުގައި ހިމެނޭ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ބައެއް ވަޒީރުންނާއި ޔޫކޭގެ ހައުސް އޮފް ލޯޑްސްގެ އިކޮނޮމިކް ކައުންސިލްގެ ކޮމިޓީގެ ބޭފުޅުންނާއި ބައްދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައިނޭންޝަލް ސެކްޓަރުގެ ތައުލީމު އިނގިރޭސިވިލާތުގެ ބޭފުޅުންގެ ހުރުމުން އެބޭފުޅުންނާއެކު މަސައްކަތް ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅުންފުޅުވާ ކަަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އަންނަ ޖުލައި 10 ވަނަ ދުވަހު އެމެރިކާ އަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުފުޅުގައި ރާއްޖޭގެ އިގްތިސާދުގެ "އީކޯ ސިސްޓަމް" ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ