ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ނަރުހުންގެ ހިދުމަތް ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު: ނައިބު ރައީސް

ނަރުހުންގެ ހިދުމަތް ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު: ނައިބު ރައީސް

ގުޅުންހުރި

ނަރުހުންގެ ހިދުމަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތްތަކަކާ އެކުގައި ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ނަރުހުންނަކީ ސިއްހީ ދާއިރާގައި އެންމެ ބުރަކޮށް އަދި ބަލި މީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ހިތްވަރުގަދަ ބޭފުޅުން ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ނަރުހުންގެ އަގުހުރި މަސައްކަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކާއެކު ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ގެނައުމަށް ދަނީ މަސަައްކަތް ކުރައްވަމުން ނެވެ. އެގޮތުން އާ ހޮސްޕިޓާތައް ބިނާކޮށް ދެވޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ސިއްހީ ދާއިރާގެ މުސާރަތަކަށް ހެއު ބަފަލުތައް ގެނަސް ދެއްވުން ހިމެނެއެވެ.

މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ" އެވެ.

ދިވެހި ނަރުހުން ތަމްރީނުކޮށް އެދާއިރާއަށް ވީހާވެސް ގިނަ ދިވެހިން ނެރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ