ޖުލައިމަހު ބަންކަރިންގެ ޚިދުމަތާއި ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތް ފެށިގެންދާނެ: ސައީދު

ޖުލައިމަހު ބަންކަރިންގެ ޚިދުމަތާއި ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތް ފެށިގެންދާނެ: ސައީދު

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ މުހިންމު ދެ ޚިދުމަތެއް ކަމުގައިވާ ބަންކަރިންގެ ޚިދުމަތާއި އަދި ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތް މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގައި އިކޮނިމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކ. ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯން ތަރައްގީ ކުރުމަށް އެމްއޯޔޫގައި ސޮއި ކުރުމަށް މިއަދު ބޭއްވުނު ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ މަސައްކަތްތައް ކުރިޔަށް ދާނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމުގައެވެ.

އެގޮތުން ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ވިޓޯލް އިން އަންނަ ޖުލައިމަހު އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި ހަމަ އެމަހު ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތްވެސް ފެށިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފަށާ ބަންކަރިން ޚިދުމަތް ފެށުމަ ހަމަޖެހިފައިވަނީ ހއ. ހޯރަފުށީ ފަޅުގައި ކަމަށެވެ.

މިއަދު ބައްދަލުވުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކާއެކު ރާއްޖޭގެ ތާރީހު ބޮޑުތަނުން ބަދަލު ކޮށްލާނެ ކަމަށާއި، އެ ބޭންކު ގާއިމް ކުރެވުމާއެކު އިންވެސްޓަރުން ޔަޤީންކަމާއެކު ރާއްޖޭގައި އިންވެސްޓް ކުރާން ފަށާނެ ކަމުގައެވެ.

ސައީދު ވިދާޅުވީ އެބޭންކު އުފެއްދުމަށް ބޭނުންވާ ގަވައިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ކަމުގައެވެ.

ސައީދު ވިދާޅުވީ އެބޭންކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސިންވެސްޓަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބެގެންދާނެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މަޝްރޫޢުތައް ހިންގުމަށް ބޭނުންފާ ފައިސާ ކުޑަ އިންޓެރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބުމުގެ މަގު ފަހުވެގެން ދާނެކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *