ޚަރަދު ކުޑަކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ގަސް ފިހާރަތައް ހުޅުމާލެއަށް ބަދަލު ކޮށްފި

ޚަރަދު ކުޑަކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ގަސް ފިހާރަތައް ހުޅުމާލެއަށް ބަދަލު ކޮށްފި

Author
ޙަސަން މުޙައްމަދު
11 މެއި 2024 12:26
0

ޚަރަދު ބޮޑުވާތީ މާލޭ ސިޓީ ކައުންސިލުން މާލޭގައި ހިންގަމުންދާ ގަސް ފިހާރަތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ 'މާލެ ފެހި’ގެ ނަމުގައި ހިންގަމުންދާ ހުރިހާ ގަސްފިހާރައެއްވެސް މިހާރު ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށާއި، ހުޅުމާލެއަށް ގަސްފިހާރަތަށް ބަދަލު ކުރާންޖެހުނީ ސްޓާފުން ލައިގެން ލައިގެން މާލޭގައި ފިހާރަތައް ހިންގުމުން ތަން ބެލެހެއްޓުމާއި އަދި ކަރަންޓަށްވެސް ބޮޑު ޚަރަދެއް ކުރާން ޖެހުމާއި ގުޅިގެން ކަމުގައެވެ.

ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލް ގަހާއި ގަސްކާނާ ވިއްކުމަށް ޚައްސަ ނާސަރީއެއް ހުރެއެވެ. މި ނާސަރީގައި އައުޓްލެޓެއްވެސް ހުރެއެވެ.

'މާލޭ ފެހި' މަޝްރޫއު ފެށި މިހާރުގެ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލެ ޒީނަތްތެރިކޮށް ފެހި ކުރުމުގެ ގޮތުން، މާލޭގެ އެކި ސަރަހައްދުތަކުގައި ގަސް ހައްދާ، އަދި ގަހާއި ގަސްކާނާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.