ޖަސްޓިން ބީބާ ބައްޕައަކަށް ވަނީ

ޖަސްޓިން ބީބާ ބައްޕައަކަށް ވަނީ

Author
ފާތިމަތު ނާވީ
11 މެއި 2024 11:10
0

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބީބާ ބަނޑުބޮޑުކަން އިއުލާން ކޮށްފި އެވެ.

އޭނަ އާއި އަންހެނުން ހެއިލީ ބީބާ އަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާންކުރީ އިންސްޓަގްރާމްގަޕޯސްޓެއްގަ އެވެ. އެގޮތުން ދެމަފިރިންގެ ފޮޓޯޝޫޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓްކޮށް ހެއިލީ ބަލިވެއިންކަން ކަށަވަރުކޮށް ދީފައިވެ އެވެ.

 

View this post on Instagram

 

A post shared by Justin Bieber (@justinbieber)

މި ދެމަފިރިން މިކަން އިއުލާންކޮށްފައިވަނީ ހެއިލީ ބަނޑުބޮޑުކަމުގެ އަޑުތައް ވަރަށް ގަދަވެފައި ވަނިކޮށެވެ. މި އަޑުތައް ގަދަވެފައިވަނީ ބޭރުތެރޭ އުޅޭއިރު ހެއިލީ ދޫކޮށް ހެދުން އަޅާފައި ހުންނާތީ އެވެ. ބެލެވޭ ގޮތުގައި ހެއިލީ ބަނޑަށް 4-5 މަސް ވަރު ވެދާނެ އެވެ. އެހެން ކަމުން އޭނާ ވިހާނެ ކަމަށް ބެލެވޭނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގަ އެވެ.

ބީބާ، 30، އާއި މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރާ ހެއިލީ، 27، ކައިވެނިކުރީ 2018 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.