ސިއްޙީ ޚިދުމަތްތެރިންގެ އަގު ވެއްޓޭގޮތަށް ފޮޓޯ އާންމުކޮށް ވާހަކަ ދައްކާތީ ކުށްވެރިކޮށްފި

ސިއްޙީ ޚިދުމަތްތެރިންގެ އަގު ވެއްޓޭގޮތަށް ފޮޓޯ އާންމުކޮށް ވާހަކަ ދައްކާތީ ކުށްވެރިކޮށްފި

Author
ހުސެއިން
09 މެއި 2024 12:50
0

ޑޮކްޓަރުންގެ އަގު ވެއްޓޭ ގޮތަށް ބައެއް މީހުން ފޮޓޯ އާންމުކޮށް ވާހާކަތައް ފަތުރާތީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން މިއަދު ކުށްވެރިކޮށްފިއެވެ.

މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސިއްހީ ހިދުމަތްތެރިންގެ އަގުހުރި ހިދުމަތުގެ އަގު ވެއްޓި ސިއްހީ ދާއިރާއިން ހިދުމަތްތަކާ މެދު އިތުބާރު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ފޮޓޯ އާއްމުކުރުން ފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ކަމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭނގި އެފަދަ ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ހިދުމަތަށް ބޭނުންވެފައިވާ އާންމު ރައްޔިތުންނަށް ކަމަށް އެ ބަޔާނުގައިވެ އެވެ.

ސިއްހީ ފަރުވާއާ ގުޅުން ހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އެނގި ހުރެ، ހަގީގަތް ރަނގަޅަށް ބެލުމަށް ފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފުތެރުމަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އެ މީހުންގެ ހިދުމަތް ކުރިއަށް ގެންދިއުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދެއްވުމަށް ވެސް މި ފުރުސަތުގައި ގޮވާލަމެވެ.

ބަޔާނުގައި ބުނެފައި ވެއެވެ

އެގޮތުން މިފަދައިން އަމަލުކޮށް ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަކީ ކުރަން ނުޖެހޭ އެތައް ހޭދައެއްކޮށް ތަކުލީފުތައް އުފުލައިގެން ރާއްޖެއިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ކަމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭނގި އެފަދަ ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ހިދުމަތަށް ބޭނުންވެފައިވާ އާންމު ރައްޔިތުންނަށް. އެގޮތުން މިފަދައިން އަމަލުކޮށް ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަކީ ކުރަން ނުޖެހޭ އެތައް ހޭދައެއްކޮށް ތަކުލީފުތައް އުފުލައިގެން ރާއްޖެއިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއް.
އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

ސިއްހީ ހިދުމަތްތެރިން ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ އެކި ކަހަލަ ގިނަގުނަ ގޮންޖެހުންތަކާއެކު ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުގެ ހިތްތަކުގައި އިތުރަށް މާޔޫސްކަން އުފެދި ރަނގަޅު ޕްރޮފެޝަނަލް ހިދުމަތްތެރިން ހިދުމަތުގައި ދެމެހެއްޓުމުގައި އިތުރު ދަތިތަކާ ދިމާވާ ކަމަށް މެޑިކަލް އެސޯސިއޭޝަނުން ބުންޏެވެ.

އެހެންކަމުން ސިއްހީ ފަރުވާއާ ގުޅުންހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އެނގިހުރެ ހަގީގަތް ރަނގަޅަށް ބެލުމަށްފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ނުފެތުރުމަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އެ މީހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށް މެޑިކަލް އެސޯސިއޭޝަނުން ވަނީ ގޮވާލައިފަ އެވެ.

އެ އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ އައިޖީއެމްއެޗްގައި ވިހެއި ތުއްތުކުއްޖަކަށް އެކަށީގެންނުވާ ގޮތަށް ސިއްހީ ފަރުވާ ދިނުމަށް މަސައްކަތް ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.