ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއެވެ. މިއަދު އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި މިމަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޕޭން ގުއާންޒޫއެވެ.
އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އެޅުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ، ފާއިތުވި މަޖިލިސް އިންތިޚާބުގައި، އެޕްރިލްމަހު 5 ވަނަ ދުވަހުގެ ރޭ، ޕީއެންސީގެ ޓިކެޓްގައި އޭދަފުށި ދާއިރާއަށް ކުރިމަތިލެއްވި، އެދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި، އެދާއިރާގެ މިހާރުގެވެސް މެމްބަރު ސަލީމްގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭ އިތުރު މައުލޫމާތު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ