ލ. ގައި ކުދިން ތިބޭ މަރުކަޒުގެ ހާލަތު ދެނެގަތުމަށް ޒިޔާރަތް ކުރައްވައިފި

ލ. ގައި ކުދިން ތިބޭ މަރުކަޒުގެ ހާލަތު ދެނެގަތުމަށް ޒިޔާރަތް ކުރައްވައިފި

Author
ހުސެއިން
08 މެއި 2024 01:23
0

ލ. އަތޮޅުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ތިބޭ މަރުކަޒަށް ވަޑައިގެން އެތަން އިތުރަށް ތަރައްގީކުރުމަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް ކަމާގުޅޭ ބޭފުޅުންނާ އެކު މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރުގެ ދެ ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ލ. ފޮނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރަށް ވަޑައިގެން އެ މަރުކަޒުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަންހުރި ކަންކަން ބައްލަވައި އޮޅުންފިލުއްވާފަ އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރުގެ މިދަތުރުފުޅުގައި އެ މިނިސްޓްރީގެ "އުފާ" ޕްރޮގްރާމް ފޮނަދޫގަައި އިފްތިތާހް ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިނިސްޓަރު އައިޝަތު ޝިހާމްގެ މިދަތުރުފުޅުގައި ލ. ފޮނަދޫ އަދި ގަމުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން ފޮނަދޫގެ އެކި އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.