ނިކް އޮތީ ހުމާ

ނިކް އޮތީ ހުމާ

Author
ފާތިމަތު ނާވީ
07 މެއި 2024 02:00
0

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ގެ ފިރިމީހާ އަދި އެމެރިކާގެ ލަވަކިޔުންތެރިޔާ/ އެކްޓަރު ނިކް ޖޯނަސް އަށް މިހާރު ދައުރުވަމުން އަންނަ އިންފްލުއެންޒާ އޭ ހުންގަނޑު ޖެހިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ހޮނިހިރު ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ކުރި ޕޯސްޓެއްގައި ނިކް ބުނީ އޭނާ އޮތީ ހުމާ ކަމަށެވެ. ނަމަވެސް އޭނާ މިހާރު ހުމަށް ފަރުވާ ކުރަމުން އަންނަ ކަމަށާއި ހާލަތު މާ ގޯސް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Jonas Brothers (@jonasbrothers)

އޭގެ އިތުރުން ނިކް ބުނީ ބަލި ވުމުގެ ސަބަބުން މިއަންނަ ހަފްތާ ބަންދުގައި މެކްސިކޯގައި ބާއްވަން އޮތް ޖޯނަސް ބްރަދާސްގެ ކޮންސެޓް ފަސްކުރެވިފައިވާ ކަމަށެވެ. އެއީ ސްޓޭޖް މަތީގައި ލަވަ ކިޔަން އޭނާ އަށް އުދަގޫ ވީމާ ކަމަށްވެސް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Nick Jonas (@nickjonas)

އެގޮތުން ދެން އެ ކޮންސެޓް އޮންނާނީ އޮގަސްޓް މަހުގެ ފަހުކޮޅު ކަމަށް އެހާރުން ހުރިހާ ސަޕޯޓަރުންނާ ބައްދަލުވާނެ ކަމަށް ނިކް ބުނެފައިވެ އެވެ. ނިކް ވަނީ އެކަމުގެ ސަބަބުން ސަޕޯޓަރުންނަށް ކުރިމަތި ވެދާނެ ދަތިކަމަކަށް ޓަކާއި މައާފަށް ވެސް އެދިފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.