ތަށްޓެއް ހޯދުމުގެ ވާހަކަ ދައްކަނީ ހަގީގަތުގައި ވަރަށް ގިނަ ކަންކަމަށް ބަލާފައި ކަމަށާއި އެއީ ނުވާވަރުގެ ކަމެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ޓީސީގެ ކޯޗު މުހަންމަދު ޝާޒްލީ ބުނެފިއެވެ.
ޝާޒް ބުނީ އީގަލްސް އަކީ މިދިޔަ ފަސް އަހަރަށް ބަލާއިރު ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި މި ވަގުތުގެ ހާލަތަށް ބަލާއިރު މިއީ ޓީސީ އަށް ވެސް ކަންތައްތަކެއް ހާސިލްކުރެވޭނެ މެޗެއްގެ ގޮތުގައި ދެކޭ ކަމަށެވެ. މިރޭ އީގްލްސްގެ މެޗުގެ ކުރިން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މާޒިޔާ އާއި ވެލެންސިއާ ތަންކޮޅެއް ކުރީގައި އޮތްއިރު ބާކީ ހަ ޓީމު ލީގުގައި ވާދަވެރިވާނެ ކަމަށެވެ. އެކަމަކު އީގަލްސް އަކީ ވެސް މާޒިޔާ އާއި ވެލެންސިއާގެ ލެވެލް އަށް ރޭޓް ކުރެވިދާނެ ޓީމެއް ގޮތުގައި ޝާޒް ދެކެއެވެ.
ޓީމެއްގެ ނަތީޖާ ނެރުމުގައި މެނޭޖްމަންޓާ ގުޅިގެން ދަނޑުމައްޗާ ހަމައަށް ޓީމު ގެނައުމުގައި ގިނަ ކަންތައްތަކެއް ރަނގަޅަށް ކޮށްގެން ނޫނީ ބޭނުންވާ އެންމެ ރަނގަޅު ކާމިޔާބު ނުހޯދޭނެ ކަމަށް ބުނެފައިވެއެވެ. މި ވަގުތު ޓީސީގައި އޮތް ޓީމު ގޮވައިގެން ވެސް ތަށްޓެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތްކަން ފާހަގަކޮށް ޝާޒް ބުނީ ފުޓްބޯޅައިގައި މޮޅުވުމުގެ ފުރުސަތު ހަމައެކަނި މި އޮންނަނީ މޮޅެތި ކުޅުންތެރިން ތިބެފައި ހަރަދުކުރާ ޓީމަކަށް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
މިހާރު މި އޮތް ޓީމާ އެކު ވެސް އުއްމީދުކުރެވޭ އެކަން ކުރެވިދާނެ ކަމަަށް. މި ޕޮޒިޝަނަކީ ރިސްކީ ޕޮޒިޝަނެއް. ހިއެއްނުވޭ މި ވަރުގެ ރިސްކު ޕޮޒިޝަނެއް އޮތް ހެން. މިއާ ކޮމްޕެއާ ކުރާ ވަރުގެ ޕޮޒިޝަން ހުންނާނީ.
– ޝާޒް ބުނެފައިވެއެވެ.
ޝާޒް ގަބޫލުކުރާ ގޮތުގައި ބިދޭސީ ކުޅުންތެރިން ނުލައި ރާއްޖޭގައި އެންމެ މޮޅު ފުޓްބޯޅައެއް ކުޅޭ ނުވަތަ ކުޅެވޭނެ ޓީމަކީ އީގަލްސް އެވެ. އެއީ އެޓީމުގައި އެއްކޮށް ކުޅެފައި ތިބި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބުމާއި ރިޒޭ އެޓީމުގައި ހުރުން ކަމަށް ޝާޒް ބުނިއެވެ.
ހަގީގަތުގައި ޓީސީ މި ވަގުތު ޒުވާން ކޮށް ނުކުތް ކަމަށް ވިޔަސް ޓީސީ ވާނީ ޓީސީއަށް. ޓީސީގެ އަމާޒަކަށް ވެސް ވާންވާނީ އެކަށީގެންވާ ވަރުގެ ޓާގެޓެއް. މި ޓީމާ އެކު ތައްޓެއް ނަގާތަން ފެނުމަކީ ވަރަށް ބޮޑު އަމާޒެއް. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ ކަމަށް މި ބަލަނީ.
– ޝާޒް ވަނީ ބުނެފައެވެ.
މިރޭގެ މެޗުގައި ކުޅެން ޖެހޭ އީގަލްސް ޓީމު ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން އެ ޓީމަށް ވެސް ޓީސީ އެކޭ އެއްގޮތަށް މި މެޗުން މޮޅުވުން މުހިންމެވެ.
ކޮމެންޓު ފޮނުވާ