ކުޅުދުއްފުށި ސިޓީ، "ގޮންބުލިމާގެ" ނަމަކަށް ކިޔާ ގެއެއްގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ގޭގައި ރޯވިކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ކަމުގައެވެ. އަދި މައުލޫމާތު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައިމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ. އެގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 10:40 ހާއިރުކަަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
ކޮމެންޓު ފޮނުވާ