ޓީ ޖެޓީ ސަރަހައްދަށް ކުނި އަޅަމުންދާ މީހަކު ހޯދާ ޖޫރިމަަނާ ކޮށްފި

ޓީ ޖެޓީ ސަރަހައްދަށް ކުނި އަޅަމުންދާ މީހަކު ހޯދާ ޖޫރިމަަނާ ކޮށްފި

Author
ހުސައިން
04 މެއި 2024 12:29
0

ޓީ ޖެޓީ ސަރަހައްދަށް ކުނި އަޅަމުންދާ ފަރާތެއް ހޯދާ ޖޫރިމަަނާ ކޮށްފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސަރަހައްދަށް ކުނި އަޅާފައިވަނީ ދިވެހި ފިރިހެނެއް ކަމުގައެވެ.

މާލޭ ސިޓީ ކައުންސިލުން ދަނީ މާލޭ މަގުތަކަށާއި މަނާ ސަރަހައްދުތަކަށް ގަވާއިދާ ޚިލާފަށް ކުނިއަޅާ މީހުންނަކީ ކޮންބައެއްކަން ހޯދާ އެފަރާތްތައް ޖޫރިމާނާ ކުރަމުންނެވެ.

އެގޮތުން މާލޭ މަގުމައްޗަށް ގަވާއިދާ ޚިލާފަށް ކުނިއެޅި ބިދޭސީއަކު ޑީޕޯޓު ކޮށްލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމުގައި މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި ޤަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައި ވާކަމުގައެވެ.

އަދި ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންކަމަށްވެސް ސިޓީ ކައުންސިލު ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރުދަނީ މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނިއަޅާ މީހުންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ކުރަމުންނެވެ. މިފަދަ ވީޑިއޯތަކުން ދިވެހިންވެސް ފެންނައިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންކަންވެސް ފާހަގަ ކޮށްލެވެއެވެ.

ފާއިތުވި ރޯދަމަހުން ފެށިގެން މާލޭގެ މަގުތަަކށް ކުނިއަޅާ މައްސަލަ ބޮޑުވެ، ވެމްކޯއިން ވަނީ  ތިން ދުވަހެއްގެ މަތިން ހިލޭ ކުނި އުކާވެސް ދީފައެވެ. އަދި އޭގެފަހުން ވެމްކޯއިންވަނީ ކުނި އުކާދޭ އަގު ހެޔޮވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.