"ލަޔަން ކިންގް" ގެ ޕްރިކްއަލް ގެ ޓްރެއިލާ އާންމުކޮށްފި

"ލަޔަން ކިންގް" ގެ ޕްރިކްއަލް ގެ ޓްރެއިލާ އާންމުކޮށްފި

Author
ފާތިމަތު ނާވީ
04 މެއި 2024 04:28
0

ޑިޒްނީގެ ކްލެސިކް "ލަޔަން ކިންގް"އަށް ބިނާކޮށް އުފެއްދި ލައިވް އެކްޝަން ފިލްމުގެ ޕްރިކުއަލް "މުފާސާ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ޖޮން ފެވެރޯ ޑައިރެކްޓްކޮށް، ކުރީގެ ފިލްމުގައި ކިޔައިދިން ވާހަކައިގެ ކުރިން ހިނގާ ހާދިސާތަކެއްގެ މައްޗަށް ގެނެސްދޭ ފިލްމުގެ ޑައިރެކްޝަން އާއި ހަވާލުވެފައި ވަނީ އޮސްކާ އެވޯޑް ހޯދި 2016 ގެ ފިލްމު "މޫންލައިޓް" ގެ ޑައިރެކްޓަރު ބެރީ ޖެންކިންސްއެވެ.

މި އަހަރުގެ ޑިސެމްބަރު 20 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "މުފާސާ: ދަ ލަޔަން ކިންގް" އަށް ވެސް މަޝްހޫރު ގިނަ ތަރިންތަކެއް އަޑު އަޅައި ދީފައިވެ އެވެ. "މުފާސާ" އިއުލާނު ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.

 

View this post on Instagram

 

A post shared by Walt Disney Studios (@disneystudios)

 

ދެހާސް ނަވާރަގައި ގެނެސްދިން "ދަ ލަޔަން ކިންގް" އަކީ ގާތްގަނޑަކަށް 260 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމްއެކެވެ. އަދި މި ފިލްމް އަކީ ބޮކްސް އޮފީހުގައި 1.657 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.