މާލޭ މަގުމައްޗަށް ކުނިއެޅި ބިދޭސީއަކު ޑީޕޯޓު ކޮށްލަނީ

މާލޭ މަގުމައްޗަށް ކުނިއެޅި ބިދޭސީއަކު ޑީޕޯޓު ކޮށްލަނީ

Author
ހުސެއިން
03 މެއި 2024 09:32
0

މާލޭ މަގުމައްޗަށް ގަވާއިދާ ޚިލާފަށް ކުނިއެޅި ބިދޭސީއަކު ޑީޕޯޓު ކޮށްލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމުގައި މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި ޤަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައި ވާކަމުގައެވެ.

އަދި ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންކަމަށްވެސް ސިޓީ ކައުންސިލު ބުނެފައި ވެއެވެ.


މާލޭ ސިޓީ ކައުންސިލުން މިހާރުދަނީ މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނިއަޅާ މީހުންގެ ވޯޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ކުރަމުންނެވެ. މިފަދަ ވީޑިއޯތަކުން ދިވެހިންވެސް ފެންނައިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންކަންވެސް ފާހަގަ ކޮށްލެވެއެވެ.

ފާއިތުވި ރޯދަމަހުން ފެށިގެން މާލޭގެ މަގުތަަކށް ކުނިއަޅާ މައްސަލަ ބޮޑުވެ، ވެމްކޯއިން ވަނީ  ތިން ދުވަހެއްގެ މަތިން ހިލޭ ކުނި އުކާވެސް ދީފައެވެ. އަދި އޭގެފަހުން ވެމްކޯއިންވަނީ ކުނި އުކާދޭ އަގު ހެޔޮވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.