ޑރ. ރަމްޝާ ނިޔާވެއްޖެ

ޑރ. ރަމްޝާ ނިޔާވެއްޖެ

Author
ހުސައިން
02 މެއި 2024 05:37
0

އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރެއްގެ މަގާމް އަދާކުރެއްވި ޑރ. ރަމްޝާ ނިޔާވެއްޖެއެވެ. ރަމްޝާ ނިޔާވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅަށް ބެންކޮކްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރަމްޝާވަނީ އައިޖީއެމް ހޮސްޕިޓަލްގެ އީއާރުގައި މަސައްކަތް ކުރައްވާފައެވެ.

ޑރ. ރަމްޝާ ނިޔާވިއިރު އޭނާވަނީ ކެންސަރ ސޮސައިޓީގެ ބޯޑު މެމްބަރުކަންވެސް ކުރައްވާފައެވެ. އޭނާއަށް ކެންސަރު ޖެހުނުކަން އެނގުނީ އިތުރު ތައުލީމި ހާސިލް ކުރުމަށް ބެންކޮކްގައި ހުއްޓާ 2020 ވަނަ އަހަރުއެވެ. އޭރު އޭނާ ގެންދެވީ ބެންކޮކްގައި އިތުރަށް ތައުލީމު ހާސިލް ކުރަމުންނެވެ.

ރަމްޝާވަނީ ބެންކޮކްގެ ބައެއް ހޮސްޕިޓަލްތަކުގައިވެސް މަސައްކަތް ކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.