އޮންލައިން ނޫސް "ދަ ޕްރެސް" ގެ އެޑިޓަރު އަލީ ޝަމްއާން ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ހަމަޖައްސައިފިއެވެ.
އޭނާއަށް ސްޓޭޓް މިނިސްޓަރުކަން ހަމަޖައްސާފައިވަނީ ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ އިންނެވެ. އެގިނފައިވާ ގޮތުގައި އޭނާވަނީ މިހަފްތާގައި ވަޒީފާއަށް ނުކުންނަން ފަށާފައެވެ.
ޝަމްއާނަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އެއް ފައުންޑަރައެވެ. އަދި އޭނާއަކީ ނޫސްވެރިން ހިމެނޭ ޖަމިއްޔާއެއް ކަމަށްވާ އެޑިޓާސް ގިލްޑުގެ މެމްބަރެއްވެސް މެއެވެ.
އޭނާއަށްވަނީ 2020 ވަނަ އަހަރު، ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައިމީ އިނާމްވެސް ލިބިފައެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ވާގޮތުން ޔޫތު މިނިސްޓްރީގައި 2 ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. އެހެންނަމަވެސް އަދި އެ ވެބްސައިޓުގައި ޝަމްއާންގެ ނަން ހިމަނާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ