މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ހިނގައިދާނެ

މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ހިނގައިދާނެ

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ހިގައިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، މާފަންނުގެ ކަނބާ އައިސަރަނި ހިނގުމާއި، ބުލޫކިޔާ މަގު، މުރަނގަމަގު އަދި ބޮޑުތަކުރުފާނުމަގު ހިމެނޭ ސަރަހައްދުން 29 އޭޕްރީލް 2024 ވާ ހޯމަ ދުވަހު (މާދަމާ)ގެ ހެނދުނު 09:30 ން 11:30 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
އަދި އެކަމަށްޓަކާ ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *